27 އޭޕްރީލް 2013 ވާ ހޮނިހިރު ދުވަހު މީރާގެ ކައުންޓަރުތައް ހުޅުވާގޮތަށް ނިންމައިފި

މީރާއިން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިއޮތޯރިޓީގައި އައު ސިސްޓަމެއް ޤާއިމުކޮށް، އެސިސްޓަމަށްބަދަލުވުމުގެ މަސައްކަތް ކުރެވެމުންދާތީ، ޓެކްސް ދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި މި ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ ލަސްވުމެއް ދިމާވަމުންދާތީ، ޓެކްސް ދައްކާ ފަރާތްތަކުގެ ފަސޭހައަށްޓަކައި، 27 އޭޕްރީލް 2013 ވާ ހޮނިހިރު ދުވަހު 10:00 އިން 15:30 އަށް މިއޮތޯރިޓީގެ ކައުންޓަރުތަކުން ޖީ.އެސް.ޓީ ބަޔާނާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

 

މި މަހުގެ އެންމެ ފަހު ހަފްތާއަކީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ މުހިންމު ސުންގަޑިތަކެއް އަންނާނެ ހަފްތާއެއްކަމުން، ގިނަ އަދަދެއްގެ ފަރާތްތަކުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާނެކަމަށް އަންދާޒާކުރެވެއެވެ. މިގޮތުން މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން 2013 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަދި މާރޗް 2013 ގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި، ފައިސާ ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 28 އޭޕްރީލް 2013 އެވެ. އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން 1 ޖެނުއަރީ 2012 އާއި 31 އޮކްޓޯބަރ 2012 އާއި ދެމެދު ހިސާބުކުރާ މުއްދަތު ނިމޭ ފަރާތްތަކުން 2012ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިނަލް ޕޭމަންޓް ދައްކަން ޖެހޭ ތާރީޚަކީ 30 އޭޕްރިލް 2013 އެވެ. އެހެންކަމުން، ޓެކްސްދައްކާ ފަރާތްތަކުން މިކަމަށް ސަމާލުވެ ޚިދުމަތް ލިބިގަންނަ ފަރާތުގެ ފަސޭހައަށް ކުރިއާލާ ފައިސާ ދެއްކެމުށާއި ބަޔާން ހުށަހެޅުއްވުމަށް މިއޮތޯރިޓީއިން އިލްތިމާސްކުރަމެވެ.


 

25-04-13