'ޕޮސައިޑަން މޯލްޑިވްސްއިން ދައްކަންޖެހޭ ޓޫރިޒަމް ޓެކުހާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

ޕޮސައިޑަން މޯލްޑިވްސް އިން ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް 17 މެއި 2012 ގައި މީރާއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ޙުކުމް މިއަދު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

       ސިވިލް ކޯޓުން އިއްވެވި ހުކުމުގައި ކުރިން 'ދަ މޯލްޑިވްސް މޮޒައިކް ސަފާރީ' ހިންގި ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޓޫރިޒަމް ޓެކުހާއި، ޓެކްސް ދައްކަންޖެހޭ ތާރީޚަށް ޓެކްސް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ އާއި ކަނޑައެޅިފައިވާ ތާރީޚަށް ޓޫރިޒަމް ޓެކްސް ޝީޓް ހުށަނޭޅުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ 31 މާރޗް 2013 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދައްކައި ޚަލާޞްކުރުމަށް އަންގަވާފައިވެއެވެ. މިގޮތުން، ޕޮސައިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 'ދަ މޯލްޑިވްސް މޮޒައިކް ސަފާރީ' ގެ ޓޫރިޒަމް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ US$ 16,480 (ސޯޅަހާސް ހަތަރުސަތޭކަ އަށްޑިހަ އެމެރިކާ ޑޮލަރު) އާއި ޓޫރިޒަމް ޓެކްސް ކަނޑައެޅިފައިވާ ތާރީޚަށް ދައްކާފައިނުވާތީ ކުރެވިފައިވާ ޖޫރިމަނާއާއި ޓޫރިޒަމް ޓެކްސް ޝީޓް ކަނޑައެޅިފައިވާ ތާރީޚަށް ހުށަނޭޅުމުން ޖޫރިމަނާގެ ގޮތުގައި 142,000/- (އެއްލައްކަ ސާޅީސްދެހާސް) ރުފިޔާ ދައްކަންޖެހި ނުދައްކައިވެއެވެ.

31-03-13