ނިއު ޕްލާޒާ އެޕާޓްމަންޓް 101ގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ 14 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

ނިއު ޕްލާޒާ އެޕާޓްމަންޓު 101ގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މ. އޭޑީރީޑް، އަޙްމަދު ނަޞީރު އަލީގެ މައްޗަށް 7 މާރޗް 2012 ގައި މީރާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ޙުކުމް 11 ފެބްރުއަރީ 2013 ގައި ސިވިލް ކޯޓުން އިއްވަވައިފިއެވެ.

       ޤާޟީ އިއްވެވި ހުކުމުގައި ނިއު ޕްލާޒާ އެޕާޓްމަންޓު 101ގެ ކުއްޔާއި، ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން އަރަމުންދާ ޖޫރިމަނާގެ ފައިސާ 11 ފެބްރުއަރީ 2013 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އަޙްމަދު ނަޞީރު އަލީ މީރާއަށް ދައްކައި ޚަލާސްކުރުމަށް އަންގާފައިވެއެވެ. މިގޮތުން، ހުކުމް އިއްވެވި ދުވަހާ ހަމައަށް މުޅި ޖުމްލަ 676,200/- (ހަލައްކަ ހަތްދިހަ ހަހާސް ދުއިސައްތަ ރުފިޔާ) އެފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކައިވެއެވެ. އަދި ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާއަކީ ކުލި ދައްކާ ޚަލާސްކުރަންދެން އަރަމުންދާނެ ޖޫރިމަނާއެކެވެ.

13-02-13