މީރާގެ ކުޅުދުއްފުށީ ބްރާންޗް ހުޅުވައިފި

މީރާގެ ހދ. ކުޅުދުއްފުށީ ބްރާންޗް 12 ފެބްރުއަރީ 2013 ގެ ހެނދުނު 9:30 ގައި ހުޅުވައިފިއެވެ. މިއޮފީސް ހުޅުވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ހދ. އަތޮޅު ކައުންސިލް އިދާރާގެ ރައީސް ހުސައިން ރަޝީދެވެ.

            ހދ. ކުޅުއްދުއްފުށީގައި ހުޅުވުނު މިއޮފީހަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ފޯރުވައި ދިނުމަށް ހުޅުވުނު އޮފީހެކެވެ. އަދި މިއީ މީރާއިން މިހާރު ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި އަދި ޓެކްސްދައްކާ ފަރާތްތަކާއި ވީހާވެސް ގާތުން ދިނުމަށް މިއޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުޙިންމު މަސައްކަތެކެވެ. ކުޅުދުއްފުށީގައި ހުޅުވުނު މިއޮފީހުންވެސް މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. މިގޮތުން ކުޅުދުއްފުށީ އޮފީހުން ފޯރުވައިދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީކުރުމާއި، ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ޓެކްސްގެ ފައިސާ އަދި ދަޢުލަތަށް ދައްކަންޖެހޭ އިތުރު ޓެކްސްތަކާއި ފީތައް ބަލައިގަތުން ހިމެނެއެވެ. މީގެ އިތުރުން ޓެކްސްއާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުވައިދިނުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

      ހދ. ކުޅުދުއްފުށީގައި ހުޅުވުނު މިއޮފީހުގެ އިތުރުން އައްޑޫ ސިޓީގައިވެސް މިފަދަ އޮފީހެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައިވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމު

12-02-13