26 ޖެނުއަރީ 2013 ވާ ހޮނިހިރު ދުވަހު މީރާއިން ރޯޑްޝޯއެއް ބާއްވައިފި

31 ޖެނުއަރީ 2013 އަކީ ޓެކްސް ދެއްކުމުގައި މުހިއްމު ސުންގަޑިއަކަށްވުމާއިއެކު، ޓެކްސް ދައްކާ ފަރާތްތައް މިތާރީޚަށް އަހުލުވެރިކުރުމުގެ ގޮތުން ރޯޑްޝޯ ޙަރަކާތްތަކެއް ޖުމްހޫރީ މައިދާނުގައި އަދި ރާޅުގަނޑު ސަރަހައްދުގައި 26 ޖެނުއަރީ 2013 ވީ 16:00 ން 18:00 އަށް ބާއްވައިފިއެވެ.

ބީ.ޕީ.ޓީ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިއާއި ކައިރިކޮށް ބޭއްވުނު މި ރޯޑްޝޯގައި ކުޑަކުދިންގެ ކުޅިވަރުތަކަކާއިއެކު ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ހިންގާފައިވެއެވެ. އަދި މިރޯޑްޝޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ގިނަ ފަރާތްތަކަށް ޓެކްސްއާ ގުޅޭ މަޢުލޫމާތު ދެވިފައިވެއެވެ.

2012 ވަނަ އަހަރުގެ އެންމެ ފަހު ކުއާރޓަރގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 28 ޖެނުއަރީ 2013 އެވެ. އަދި ޓެކްސް އަހަރު 2012 ގެ ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑިއަކީ 31 ޖެނުއަރީ 2013 އެވެ. ވީމާ، ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސްދައްކަން އަންނާނެ ހަފްތާއެއްކަމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑި ތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

 

27-01-13