26 ޖެނުއަރީ 2013 ވާ ހޮނިހިރު ދުވަހު މީރާއިން ރޯޑްޝޯއެއް ބާއްވަނީ

31 ޖެނުއަރީ 2013 އަކީ ޓެކްސް ދެއްކުމުގައި މުހިއްމު ސުންގަޑިއަކަށްވުމާއިއެކު، ޓެކްސް ދައްކާ ފަރާތްތައް މިތާރީޚަށް އަހުލުވެރިކުރުމުގެ ގޮތުން ރޯޑްޝޯ ޙަރަކާތްތަކެއް ޖުމްހޫރީ މައިދާނުގައި އަދި ރާޅުގަނޑު ސަރަހައްދުގައި 26 ޖެނުއަރީ 2013 ވާ ހޮނިހިރު ދުވަހުގެ 16:00 ން 18:00 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ބީ.ޕީ.ޓީ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިއާއި ކައިރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ކުޅިވަރުތަކަކާއިއެކު އާންމުންނަށާއި ވިޔަފާރިވެރިންނަށް ޓެކުހާބެހޭ މައުލޫމާތު ދެވޭނެ ގޮތަށެވެ. އަދި ބީ.ޕީ.ޓީގެ އިތުރުން ޓެކްސްތަކާއި ގުޅޭ އެހެނިހެން މަޢުލޫމާތު ހޯދަންބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް މީރާގެ ޓީމުތަކެއް މިސަރަހައްދު ތަކުގައި ތިބޭނެއެވެ.

2012 ވަނަ އަހަރުގެ އެންމެ ފަހު ކުއާރޓަރގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 28 ޖެނުއަރީ 2013 ކަމަށާއި، އަދި ޓެކްސް އަހަރު 2012 ގެ ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑިއަކީ 31 ޖެނުއަރީ 2013 އެވެ. ވީމާ، ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސްދައްކަން އަންނާނެ ހަފްތާއެއްކަމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑި ތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

25-01-13