މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީރާގެ މުވައްޒަފުންނަށް އިންވެސްޓިގޭޝަން ޓްރެއިނިންގއެއް ހިންގަވައި ދެއްވައިފި

މޯލްޑިވްސް ޕޮލިސް ސަރވިސް އިން 6 ޖެނުއަރީ 2013 އިން 10 ޖެނުއަރީ 2013 އަށް 'އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް' އެއް މީރާގެ މުވައްޒަފުންނަށް ހިންގަވައި ދެއްވައިފިއެވެ.

 

މިޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ މީރާގެ މުވައްޒަފުން ފައިނޭންޝަލް ކްރައިމްސް ތަހުޤީޤުކުރުމަށް ތަމްރީނުކުރުމެވެ. އަދި މިފްރޮގްރާމަކީ މީރާގެ މަސައްކަތްތަކާއި ގުޅޭ ގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ޓެކުހަށް މަކަރު ހަދައި ޓެކްސް ދެއްކުމުން ރެކުމަށް މަސައްކަތްކުރާ ފަރާތްތައް ތަހުޤީޤުކުރުމަށް މީރާގެ މުވައްޒަފުން ކުރިއަށް ގެންދާ އޮޑިޓް އަދި އިންވެސްޓިގޭޝަންތަކުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަމްރީނު ދެވިފައިވެއެވެ. މިޕްރޮގްރާމުގައި ތަމްރީން ދެއްވާފައިވަނީ ޕޮލިސް ސަރވިސްގެ ފައިނޭންޝަލް އަދި ފޮރެންސިކް ކްރައިމްސްތަކުގެ ތަޖުރިބާކާރުންނެވެ.

 

މިޕްރޮގްރާމުގައި ފައިނޭންޝަލް ކްރައިމް ސީންތަކުގައި ކަންތައްކުރަންވީ ގޮތާއި، ފައިނޭންޝަލް ކްރައިމެއް ތަހުޤީޤުކުރުމަށް ގެނެވޭ ފަރާތަކާއިމެދު އަމަލު ކުރަންޖެހޭ ގޮތް ފަދަ މުހިއްމު އިންވެސްޓިގޭޓިވް ހުނަރުތައްވެސް ކިޔާދެވިފައިވެއެވެ.

 

މިޕްރޮގްރާމް ފަރުމާކޮށް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޯރުވާދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން މީރާއިން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވަމެވެ.

10-01-13