މީރާއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ޤަވާޢިދުން ފައިސާ ދައްކާ ޚަލާސްކުރަމުން ގެންދިއުމަށް އިލްތިމާސްކޮށްފި

މީރާއިން ބަލައިގަންނަމުން ގެންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން ނުވަތަ ދިމާވެދާނެ ދަތިތަކަކުން ސަލާމަތްވުމަށްޓަކައި އެފަދަ ފަރާތްތަކުން މިއޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކައި ޚަލާސްކުރުމަށް މިއޮތޯރިޓީއިން އިލްތިމާސްލުރަމެވެ.

ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކާމެދު، އެފައިސާ ހޯދުމުގެގޮތުން ތަފާތު ފިޔަވަޅުތައް މިއޮތޯރިޓީއިން މިދަނީ އަޅަމުންނެވެ. މިގޮތުން މިކަމަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމާއި، ދައުލަތުގެ އިދާރާތަކުން ވަގުތީގޮތުން އެފަދަ ފަރާތްތަކަށް ޚިދުމަތް ފޯރުވައިދިނުން މެދުކަނޑާލުމާއި، ފައިސާ ނުދައްކާ ފަރާތެއްގެ ގޮތުގައި އެފަރާތުގެ ނަން ހާމަ ކުރުމާއި، ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން ފަދަ ކަންތައްތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

25-11-12