އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް މީރާއިން ކޯޓަށް

އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓުކަމުގައި ރާއްޖެއައި އެމް.އެސް. ކޮސްޓަރ ރޮމޭންޓިކާގެ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާ އެއްގޮތަށް އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން އަމަލު ކުރައްވާފައި ނުވާތީ، އެ ހުކުމް ތަންފީޒުކުރުމަށް މިއޮތޯރިޓީއިން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

 

17 ޖުލައި 2012ގައި ސިވިލް ކޯޓުން އިއްވެވި ހުކުމުގައި އެމް.އެސް. ކޮސްޓަރ ރޮމާންޓިކާގެ ބެޑް ޓެކްސްގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން އެ ކްރޫޒްލައިންގައި ހުރި ޖުމްލަ -/1500 (އެއްހާސް ފައްސަތޭކަ) އެނދަށް، ކޮންމެ އެނދަކަށް -/1000ރ (އެއްހާސް ރުފިޔާ) ގެ މަގުން ކުރެވިފައިވާ 1,500,000ރ. (އެއް މިލިއަން ފަސް ލައްކަ ރުފިޔާ) ގެ ޖޫރިމާނާ 2 މަސް ދުވަހުގެ ތެރޭގައި ދައްކައި ޙަލާސްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

22-10-12