އުވާލުމުގެ މަރުޙަލާގައިވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން އެކަން މީރާއަށް އެންގުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2011ގެ ފަހުން އެއްވެސް ވިޔަފާރިއެއް ނުކުރާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުގެ ތެރެއިން އުވާލުމުގެ މަސައްކަތް ފެށުމަށްފަހު ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް އަންގާފައިވާކަން، މީރާއަށް އެންގުމަށް ދެވިފައިވާ މުއްދަތު 15 ނޮވެމްބަރ 2012ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މިފަދަ ކުންފުނިތަކާއި ޕާޓްނަރޝިޕްތައް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.

 

މުއްދަތު އިތުރުކޮށްދީފައިމިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މަޝްވަރާކުރުމަށް ފަހުގައިއެވެ. އަދި އެމިނިސްޓްރީގައި ރަޖިސްޓަރީކުރެވިފައިވާ ޕޭޕަރ ކުންފުނި ނުވަތަ އެއްވެސް ވިޔަފާރިއެއް ނުހިންގާ ގިނަ އަދަދެއްގެ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން އެފަދަ ތަންތަން އުވާލުމަށް މިހާރުވެސް މަސައްކަތްކުރަމުންދާތީއެވެ. އަދި މިފަދަ ވަރަށް ގިނަކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން މުއްދަތު އިތުރުކޮށްދިނުމަށްވެސް މިއޮތޯރިޓީގައި އެދެމުންދާތީއެވެ.

17-10-12