ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން މީރާއިން ފްރީސިއާ މޯލްޑިވްސް ގޮވައިގެން ކޯޓަށް

ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަލޮޅު ބޯޅަދަނޑު 6 ނަންބަރު ފިހާރައިގެ ކުލީގެ ގޮތުގައި ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ ހޯދުމަށް ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގ މައްޗަށްވަނީ ސިވިލް ކޯޓުގައި ދަޢުވާ އުފުލައިފައެވެ.

 

14 އޮކްޓޯބަރ 2012 ގައި ހުށަހެޅުނު މިމައްސަލައިގައި މިއޮތޯރިޓީއިން ދަޢުވާކުރަނީ، 19 މެއި 2010 އިން ފެށިގެން 31 އޮކްޓޯބަރ 2010ގެ ނިޔަލަށް ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ 352,862.90ރ.(ތިން ލައްކަ ފަންސާސްދެހާސް އަށްސަތޭކަ ފަސްދޮޅަސްދެ ރުފިޔާ ނުވަދިހަ ލާރި) އާއި، ކަނޑައެޅިފައިވާ ތާރީޚަށް މިފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަށްވާ 154,371.94ރ. (އެއްލައްކަ ފަންސާސްހަތަރުހާސް ތިންސަތޭކަ ހަތްދިހަ އެއް ރުފިޔާ ނުވަދިހަ ހަތަރު ލާރި) ހޯދުމަށެވެެ. މިގޮތުން 31 އޮކްޓޯބަރ 2010 ގެ ނިޔަލަށް، ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދަޢުލަތައް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޖުމްލަ އަދަދަކީ 507,234.84ރ. (ފަސްލައްކަ ހަތްހާސް ދުއިސައްތަ ތިރީސްހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) އެވެ.

 

މީގެ އިތުރުން، 3 އޮކްޓޯބަރ 2012ގައި ސިވިލް ކޯޓުން ވަށްވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ހުކުމާއި އެއްގޮތަށް ވަށްވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް ދައްކަންޖެހޭ 75,975.63ރ. (ހަތްދިހަ ފަސްހާސް ނުވަސަތޭކަ ހަތްދިހަފަސް ރުފިޔާ ފަސްދޮޅަސް ތިން ލާރީ) ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

17-10-12