ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތައް ތަންފީޒުކުރުމަށް މީރާއިން ކޯޓަށް

ީރާއިން 2012 ވަނަ އަހަރު ހުށަހަޅާފައިވާ ތިން މައްސަލައެއްގައި، ކޯޓުން އިއްވަވާފައިވާ ހުކުމާއި އެއްގޮތަށް ދަޢުވާލިބޭ ފަރާތްތަކުން އަމަލުކޮށްފައިނުވާތީ މިހުކުމްތައް ތަންފީޒުކުރުމަށް މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

 

މީރާއިން ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ ތިން މައްސަލައިގައި ދެ ކުންފުންޔަކާއި އަމިއްލަ ފަރާތެއް ހިމެނެއެވެ. މިގޮތުން ހުށަހަޅާފައިވާ ފުރަތަމަ މައްސަލައަކީ 2 ޖުލައި 2012 ގައި، ބިޒްނަސް އެލަޔަންސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، 'ދަ ބުޓީކް އިން އެޓް ވިލާ ޝަބްނަމީ' ގެ ޓޫރިޒަމް ޓެކްސްގެ ގޮތުގައި އިތުރަށް ދައްކަންޖެހި ނުދައްކައިވާ 1,604 (އެއްހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރާއި، ޓޫރިޒަމް ޓެކްސް ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަށްވާ 16,162.50ރ. (ސޯޅަހާސް އެއްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ފަންސާސް ލާރި) މީރާއަށް ދައްކައި ޚަލާސްކުރުމަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

 

ދެވަނަ މައްސަލައެއްގެ ގޮތުން ހުށަހަޅާފައިވަނީ މާމަޑުއްވަރީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބ.މާމަޑުއްވަރީގެ ލީސް ރެންޓާއި، ލީސް ރެންޓު ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ 5,606,954.87 ރ. (ފަސް މިލިއަން ހަލައްކަ ހަހާސް ނުވަސަތޭކަ ފަންސާސް ހަތަރު ރުފިޔާ އަށްޑިހަ ހަތް ލާރި) މީރާއަށް ދައްކައި ޚަލާޞްކުރުމަށް، 28 މެއި 2012 ގައި، ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާ އެއްގޮތަށް މާމަޑުއްވަރީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒުކުރުމަށް ހުށަހަޅައިވާ މައްސަލައެވެ.

 

މީގެއިތުރުން މ. ފުޖީ އަލީ ވަހީދު، ށ.ކަކާއެރިޔަދޫގެ ލީސް ރެންޓާއި، ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ 124,807.73 ރ. (އެއްލައްކަ ސައުވީސްހާސް އަށްސަތޭކަ ހަތް ރުފިޔާ ހަތްދިހަ ތިން ލާރި) މީރާއަށް ދެއްކުމަށް، 4 މާރޗް 2012 ގައި، ސިވިލް ކޯޓުން އިއްވަވާފައިވާ ހުކުމްވެސް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. 

17-10-12