ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ އުސޫލަށް އަމަލުކުރަން ފެށުން

 މީރާ އިން ބަލައިގަންނަމުން ގެންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި، މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއްގެ ބޭނުމަށް ޓެކްސް ދައްކާ ފަރާތެއްގެ ބޭންކު އެކައުންޓާބެހޭ މަޢުލޫމާތާއި ބޭންކު މެދުވެރިކޮށް ކުރާ މުޢާމަލާތު ތަކުގެ ތަފްޞީލު ހޯދުމުގައި ޢަމަލުކުރުމަށް 28 އޮގަސްޓް 2012 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.

            މި ޕޮލިސީއަށް އަމަލު ކުރަން ފެށިފަހުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެފަދަ ފަރާތްތަކަށް އެއްމަސް ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. އަދި މިމުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުގެ ސަބަބުން މި ޕޮލިސީގެ ދަށުން 37 ފަރާތެއްގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހި، 8 އޮކްޓޯބަރ 2012ގެ ނިޔަލަށް މީގެ ތެރެއިން 5 ފަރާތެއްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވެއެވެ. މި ގޮތުން އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް އަންގާފައިވާ ފަރާތްތަކުގެ ތެރޭގައި އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. މި ގޮތުން އެކައުންޓުގައި ފައިސާ ނެތި ޗެކްދޫކުރުމުގެ ސަބަބުން ލިބެން ޖެހި ނުލިބިވާ ފައިސާގެ އަދަދަކީ -/450,000 ރުފިޔާއެވެ.

08-10-12