ޅ. ވަށްވަރުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ވަށްވަރު އިންވެސްޓްމަންޓްގެ މައްޗަށް ޙުކުމްކޮށްފި

ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ވަށްވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް 17 ޖުލައި 2012 ގައި މިއޮތޯރިޓީއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ޙުކުމް މިއަދު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

ޤާޟީ މިއަދު އިއްވެވި ޙުކުމުގައި ވާގޮތުން ކުލީގެގޮތުގައި 64,250ރ. (ފަސްދޮޅަސް ހަތަރު ހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާއަށްވާ 11،725.63ރ. (އެގާރަ ހާސް ހަތްސަތޭކަ ފަންސަވީސް ރުފިޔާ ފަސްދޮޅަސް ތިންލާރި) އެކު މުޅި ޖުމްލަ 75,975.63ރ. (ހަތްދިހަފަސްހާސް ނުވަސަތޭކަ ހަތްދިހަފަސް ރުފިޔާ ފަސްދޮޅަސްތިން ލާރި) މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ވަށްވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިއޮތޯރިޓީއަށް ދައްކައި ޚަލާޞްކުރަންޖެހޭނެއެވެ.

 

ވަށްވަރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ދަޢުވާ ކޮށްފައިވަނީ ޅ. ވަށްވަރުގެ 2010ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. އަދި މިޖޫރިމަނާ އަކީ ވަށްވަރު އިންވެސްޓްމަންޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ދެމެދު ވެވިފައިވާ އެއްބަސްވުން ބާތިލްވި ތާރީޚް ކަމަށްވާ 31 އޮގަސްޓް 2010ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާއެކެވެ.

03-10-12