ޓޫރިޒަމް ޖީ.އެސް.ޓީ ޖޫރިމަނާ ނުދައްކައިގެން ޑެމާލް ގޮވައިގެން ކޯޓަށް

ޑެމާލް ޕްރައިވެޓް ލިމިޓެޑްއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދްމަތުން ނެގޭ ޓެކްސް (ޓޫރިޒަމް ޖީ.އެސް.ޓީ) ގޮތުގައި ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ ހޯދުމަށް ޑެމާލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވަނީ އިން ސިވިލް ކޯޓުގައި ދަޢުވާ އުފުލައިފައެވެ.

 

27 ސެޕްޓެމްބަރ 2012 ގައި ހުށަހެޅުނު މިމައްސަލައިގައި ދަޢުވާކުރަނީ ޑެމާލް ޕްރައިވެޓް ލިމިޓެޑްއިން، ޓޫރިޒަމް ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޓޫރިޒަމް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދަށްވުރެ މަދުން ދައްކާފައިވާތީ، 13 ސެޕްޓެމްބަރ 2012 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާގެ ޖުމްލަ 2606.86 އެމެރިކާ ޑޮލަރު ހޯދުމަށެވެ. އަދި މިއީ ޖީ.އެސް.ޓީ އާއި ގުޅިގެން މީރާއިން ސިވިލް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

01-10-12