ބީ.ޕީ.ޓީ ބަޔާނާއި ޕޭމަންޓް ޖޫރިމަނާއަކާނުލައި ބަލައިގަތުމަށް ހަމަޖެއްސުން

ޤާނޫނު ނަންބަރ 2011/05 (ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނު)ގެ ދަށުން ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާނާއި ފައިނަލް ޕޭމަންޓް އަދި ޓެކްސް އަހަރު 2012 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓާއި އިންޓަރިމް ޕޭމަންޓް ސްޓޭޓްމަންޓް ބަލައިގަތުމުގެ ސުންގަޑިއަކީ 30 އޮގަސްޓް 2012 ކަމުގައި ހަމަޖައްސާފައިވީނަމަވެސް 30 ސެޕްޓެމްބަރ 2012 އާއި ހަމައަށް ޖޫރިމަނާއަކާނުލައި މިލިޔެކިޔުންތަކާއި ޕޭމަންޓްތައް ބަލައިގަތުމަށްވަނީ ކަނޑައެޅިފައެވެ.

 

މިގޮތަށް ކަނޑައެޅިފައިމިވަނީ ގިނަ ޢަދަދެއްގެ ބަޔަކު ސުންގަޑިއަށް ޓެކްސް ދައްކާފައިވީނަމަވެސް، އަދިވެސް ވަރަށް ގިނަ ފަރާތްތަކުން ޓެކްސް ދެއްކުމަށް ބޭނުންވާތީއާއި ހިސާބުތައް ތައްޔާރުކުރުމުގައި ވިޔަފާރިތަކަށް ދިމާވި ދަތިތަކަށާއި އަދި ކަނޑައެޅިފައިވާ ޖޫރިމަނާގެ ޢަދަދުގެ ބޮޑުކަމުން މިކަންތައްތަކަށް ރިޢާޔަތްކޮށެވެ. ނަމަވެސް 30 ސެޕްޓެމްބަރ 2012ގެ ފަހުން ފައިސާ ނުވަތަ ބަޔާން ހުށަހަޅާ ފަރާތްތައް 30 އޮގަސްޓް 2012އިން ފެށިގެން ކަނޑައެޅިފައިވާ އުސޫލުން ޖޫރިމަނާ ކުރެވޭނެއެވެ.

17-09-12