ބީ.ޕީ.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި މާލޭގައި ވިޔަފާރިކުރާފަރާތްތަކަށް އެހީތެރިވެދިނުމަށް ނިންމައިފި

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް(ބީ.ޕީ.ޓީ)ގެ 2011 ވަނަ އަހަރުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން މާލޭގެ ވިޔަފާރިކުރާ އަމިއްލަ ފަރުދުންނަށް ބީ.ޕީ.ޓީ ގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބު ކުރުމުގައި އެހީތެރިވެދިނުމަށް ކަނޑައަޅުއްވައިފިއެވެ.

 

މިގޮތުން ބީ.ޕީ.ޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ހިސާބުކޮށްދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ވިޔަފާރިކުރާ އަމިއްލަ ފަރުދުންގެ ތެރެއިން އާމްދަނީގެގޮތުގައި އަހަރަކު -/750,000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާއާއި 10,000,000/- (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކަށެވެ. އަދި މިއޮތޯރިޓީގެ ޓީމުތަކުގެ އެހީތެރިކަމާއެކު ތައްޔާރުކުރާ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓެކްސް ބަޔާން ތައްޔާރުކުރާ ފަރާތްތަކުން އޮޑިޓްކޮށްފައިވާ އިތުރު ހިސާބުތަކެއް ހުށަހަޅަން ނުޖެހޭނެއެވެ.

 

                  މިއަހަރުގެ މެއި މަހުން ފެށިގެން އަތޮޅުތަކަށް ކުރެވުނު ދަތުރުތަކުގައި އަތޮޅުތަކުގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުވައިދެވިފައިވާ ފަދައިން މާލޭގައި ވިޔަފާރިކުރާ އަމިއްލަ ފަރުދުންނަށް ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް ނިންމާފައިމިވަނީ މިކަމަށް ގިނަ ބަޔަކު އެދެމުން ދާތީ އާއި އަދި ބީ.ޕީ.ޓީ ބަޔާނާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޮޑިޓްކުރުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

16-09-12