ށ.އެކަސްދޫގެ ލީސް ރެންޓާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހއ. ދިއްދޫ / މުޝްތަރީގެ ޒުލައިހާ ހަފީޒާ އާއި ދެކޮޅަށް މިއޮތޯރިޓީއިން އިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް މިއަދު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

ކޯޓުގެ ނިންމުމުގައި، ދަޢުވާ ލިބޭ ފަރާތުން މިފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމުގައި އިންކާރުކޮށްފައިނުވާކަމަށާއި، މިގޮތުން، ދަޢުވާގައި ހޯދަން އެދިފައިވާ 12,412,128.39 ދިވެހި ރުފިޔާ ދައްކަންޖެހި ނުދައްކައިވާ ކަން ޝަރިއަތަށް ސާބިތުވާތީ، ލީސް ރެންޓާއި ޖޫރިމަނާ މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މިއޮތޯރިޓީއަށް ދައްކާ ޚަލާސް ކުރުމަށް އަންގާފައިވެއެވެ.

 

މިއޮތޯރިޓީއިން ހއ. ދިއްދޫ / މުޝްތަރީގެ ޒުލައިހާ ހަފީޒާ އާއި ދެކޮޅަށް ދަޢުވާ ކޮށްފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ށ.އެކަސްދޫ ކުއްޔަށް ހިފުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ދެމެދެ ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ލީސް ރެންޓާއި، ކަނޑައެޅިފައިވާގޮތަށް ލީސް ރެންޓް ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

06-09-12