އެއަރޕޯޓް ޓެކުހާއި ފީ
އެއަރޕޯޓް ސަރވިސް ޗާޖް (އޭ.އެސް.ސީ)
އެއަރޕޯޓް ސަރވިސް ޗާޖް (އޭ.އެސް.ސީ) އަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުން އަތުން، ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނަގާ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ. ޤާނޫނު ނަންބަރު 2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) ގެ ދަށުން ނަގަމުން އަންނަ އޭ.އެސް.ސީ 31 ޑިސެންބަރު 2021 ގެ ފަހުން އުވުނީއެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޑީ.އެފް)
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޑީ.އެފް) އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން (ޓްރާންސިޓް ފަސިންޖަރުން ވެސް ހިމެނޭ ގޮތުން) ނަގާ ފީއެކެވެ. މި ފީއިން އިސްތިސްނާވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.
އޭ.ޑީ.އެފްގެ އައު ރޭޓު ތަކެއް ވަނީ ޤާނޫނު ނަންބަރު 2021/14 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ތަޢާރަފްކޮށްފައެވެ. އަދި 1 ޖަނަވަރީ 2022 ނުވަތަ އެ ތާރީޚުގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އޭ.ޑީ.އެފް ނަގަންވާނީ މި އައު ރޭޓް ތަކުގައެވެ.
އޭ.ޑީ.އެފް ނަގާ ރޭޓްތައް
1 މެއި 2017 އިން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް
އަދަދު (އެމެރިކާ ޑޮލަރުން) |
ފަސިންޖަރުން |
12 (ބާރަ) |
ދިވެހި ފަސިންޖަރުން |
25 (ފަންސަވިސް) |
ބިދޭސީ ފަސިންޖަރުން |
1 ޖަނަވަރީ 2022 އިން ފެށިގެން އޭ.ޑީ.އެފް ނަގާ ރޭޓްތައް
ބިދޭސީ ފަސިންޖަރުން |
އަދަދު (އެމެރިކާ ޑޮލަރުން) |
ދަތުރުކުރާ ކްލާސް |
30 (ތިރީސް) އެމެރިކާ ޑޮލަރު |
12 (ބާރަ) އެމެރިކާ ޑޮލަރު |
އިކޮނޮމީ ކްލާސް |
60 (ފަސްދޮޅަސް) އެމެރިކާ ޑޮލަރު |
60 (ފަސްދޮޅަސް) އެމެރިކާ ޑޮލަރު |
ބިޒްނަސް ކްލާސް |
90 (ނުވަދިހަ) އެމެރިކާ ޑޮލަރު |
90 (ނުވަދިހަ) އެމެރިކާ ޑޮލަރު |
ފަސްޓް ކްލާސް |
120 (ސަތޭކަ ވިހި) އެމެރިކާ ޑޮލަރު |
120 (ސަތޭކަ ވިހި) އެމެރިކާ ޑޮލަރު |
ޕްރައިވެޓް ޖެޓް |
ޑިޕާޗަރ ޓެކްސް
1 ޖަނަވަރީ 2022 އިން ފެށިގެން "ޑިޕާޗަރ ޓެކްސް" ގެ ނަމުގައި އައު ޓެކުހެއް ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް 1 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ފުރާ ފަސިންޖަރުންގެ އަތުން ނެގޭނެއެވެ. އެއަރޕޯޓް ސަރވިސް ޗާޖާ އެއްގޮތަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.
ޑިޕާޗަރ ޓެކްސް ނަގާ ރޭޓްތައް
ދިވެހި ފަސިންޖަރުން |
ބިދޭސީ ފަސިންޖަރުން |
ދަތުރުކުރާ ކްލާސްތައް |
30 (ތިރީސް) އެމެރިކާ ޑޮލަރު |
12 (ބާރަ) އެމެރިކާ ޑޮލަރު |
އިކޮނޮމީ ކްލާސް |
60 (ފަސްދޮޅަސް) އެމެރިކާ ޑޮލަރު |
60 (ފަސްދޮޅަސް) އެމެރިކާ ޑޮލަރު |
ބިޒްނަސް ކްލާސް |
90 (ނުވަދިހަ) އެމެރިކާ ޑޮލަރު |
90 (ނުވަދިހަ) އެމެރިކާ ޑޮލަރު |
ފަސްޓް ކްލާސް |
120 (ސަތޭކަ ވިހި) އެމެރިކާ ޑޮލަރު |
120 (ސަތޭކަ ވިހި) އެމެރިކާ ޑޮލަރު |
ޕްރައިވެޓް ޖެޓް |
އޭ.އެސް.ސީ، އޭ.ޑީ.އެފް އަދި ޑިޕާޗަރ ޓެކްސް ނެގުން
ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތަކުން ދަތުރުކުރާ ފަސިންޖަރުން އަތުން އޭ.އެސް.ސީ، އޭ.ޑީ.އެފް އަދި ޑިޕާޗަރ ޓެކްސް ނެގުމަކީ، އެ އެއަރލައިނެއްގެ ޒިންމާއެކެވެ. އެ ނޫން ފްލައިޓަކުން، މިސާލަކަށް، ޗާޓަރު ފްލައިޓަކުން ނުވަތަ ޕްރައިވެޓް ޖެޓަކުން ފުރާ ފަސިންޖަރުން އަތުން މި ޓެކްސްތައް ނެގުމަކީ، އެ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާ އެއަރޕޯޓެއްގެ ޒިންމާއެކެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތަކާއި އިންޓަރނޭޝަލް އެއަރޕޯޓްތައް، އެއަރޕޯޓް ސަރވިސް ޗާޖަށާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސްއަށް މީރާގައި ވަނީ ރަޖިސްޓަރީކުރެވިފައެވެ. އަދި އެ ފަރާތްތަކުން، ކޮންމެ މަހެއްގެ އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅައި ފައިސާ ދައްކަންވާނެއެވެ.
އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި އިތުރަށް ނަގައިފައިވާ އަދަދު
އެއްވެސް އެއަރލައިން އަކުން ނުވަތަ އެއަރޕޯޓް އޮޕަރޭޓްކުރާ ފަރާތަކުން ޤާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނުވަތަ ޑިޕާޗަރ ޓެކްސް ނަގައިފައިވާނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ އެ ފަސިންޖަރަށް އަނބުރަ ދައްކަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ފަސިންޖަރަށް ދައްކާފައި ނުވާނަމަ އެ ފައިސާ މީރާއަށް ދައްކަންވާނެއެވެ.