ފެބުރުވަރީ 2025 ގެ ޖީ.އެސް.ޓީ، އޭ.ޓީ.އެފް އަދި ގްރީން ޓެްކްްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި 29 މާރިޗު 2025 އަށް ބަދަލުކޮށްފިއެވެ. އެހެންކަމުން 29 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ މީރާގެ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ. އަދި 29 މާރިޗު 2025 ގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް މީރާގެ ކައުންޓަރުތަކާއި މީރާގެ ހޮޓްލައިން 1415 އާއި ވެބްސައިޓްގެ ލައިވްޗެޓް އާއި ވައިބަރ ނަންބަރު 9821415 އިން ޚިދުމަތް ލިބޭނެއެވެ.
ގުޅުންހުރި ލިޔެކިޔުންތައް